Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެ ލޮކްޑައުން އަކަށް ދިއުމަށް އިލްމުވެރިން ވެސް ގޮވާލައިފި

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ރާއްޖެ ލޮކްޑައުން އަކަށް ގެންދިއުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ބުނީ ކޮވިޑް-19 ރާއްޖޭގައި ވެސް ހިފެހެއްޓުމެއްނެތި ފެތުރެން ފަށައިފިނަމަ ދެން ދިމާވެދާނެ ނުރައްކާތެރިކަމާއި ގެއްލުން ބޮޑު ވެދާނެ ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ރާއްޖޭގެ އިތުބާރު ހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ އެ ޖަމިއްޔާއިން ވެސް އެކަމަށް ދާއީދު ކުރާ ކަމަށް ބުނެފައިވެއެވެ.

"އެއީ ދީނުގެ ޝަރުއީ މަސްލަހަތު މިވަގުތާއި ހާލަތަށް ނިޔާކުރާ ގޮތް ކަމުގައި ދިވެހި ރައްޔިތުންނަށް ހާމަކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން އަރުވާފައިއެވާ ލަފަޔާ އެއްގޮތަށް މުޅި އިސްލާމީ ވަތަން ލޮކްޑައުން ކުރެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ މަސްއޫލުވެރިންނަށް އިލްތިމާސް ކުރަމެވެ." އިލްމުވެރިންގެ ގުޅުމުން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރެމުންދާ ގައުމުތައް މިސާލަކަށް ބަލައިގެން، ވަގުތުފާއިތު ނުވަނީސް، ރާއްޖެ ވެސް ލޮކްޑައުން ކުރަން ބައެއް ޑޮކްޓަރުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލިފެތުރިއްޖެކަން ކަށަވަރުވަންދެކަށް ކަމަށެވެ. ނަމަވެސް މިހާރު އެ ގައުމުތަކުން އޭގެ ދެ ތިން ހަފްތާ ކުރީން ލޮކްޑައުން ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާފްގެ ވާހަކަފުޅަށް ތާއީދުކުރައްވަމުން އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް