އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްފި
އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އަންނަތަރާ ކިހާވަށް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި ބިދޭސީއަކު އެކަހެރިކޮށް އެ މީހާ "ހޯމް އައިސޮލޭޝަން" އަށް ލެވިފައިވާ ކަމަށެވެ.
މިއާއެކު އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.