ޚަބަރު

ރިސޯޓު މުވައްޒަފުންގެ މުސާރަކުޑަކޮށް ނޯޕޭއަށް ދާވަރެއް އަދި ނުވޭ: ނަޝީދު

ކޮވިޑް-19އާ ގުޅިގެން ރިސޯޓު މުވައްޒަފުންގެ މުސާރަކުޑަކޮށް ނޯޕޭއަށް ފޮނުވާވަރަށް އަދި ކަންކަން ނުދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ބައެއް ރިސޯޓް ވިޔަފާރިވެރިން އެމީހުންގެ ބައެއް މުވައްޒަފުން ގެޔަށްފޮނުވާލާ މުވައްޒަފުންގެ މުސާރަ ކަނޑާލާ ނޯޕޭލީވްގައި ލީވް ދީފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ފަތުރުވެރިން އަންނަ މިންވަރު އަދި ދަށްވަމުން ދާނެކަމަށާއި ވިޔާރީގެ ފައިދާ ވެސް ދައްވާނެކަމަށެވެ. އެހެން ނަމަވެސް އާމްދަނީ ދައްވާ ވަރަށްވުރެއް ބޮޑަށް ހަރަދުތައް ކުޑަކުރުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރިސޯޓްތަކުން މުވައްޒަފުން ކެނޑުން އެއީ އެމަނިކުފާނަށް ފެންނިވަޑައިގަންނަވާ ގޮތުގައި އެންމެ ފަހުން ކުރަންޖެހޭނެކަންތައް ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރި ދައްވެ އާމްދަނީ ދައްވާނެކަމަށާއި، ނަމަވެސް އެވަރަށް ކަންކަން ނުދާނެ. އެ ހާލަތަށް ކަންކަން ގޮސްފި ކަމަށްބުނެ މުވައްޒަފުންގެ މުޒާރަ ކުޑަކުރުމަކީ އެންމެ ޒިންމާދާރު ކަމެއްނޫން" ނަޝީދު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!