ޚަބަރު

ސައުތް ޕާމް ރިސޯޓުން ފަތާފައި މީދޫއަށް އެރި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އެ ސިޓީ މީދޫއަށް އެރުމުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށް މީހުން އެރުން މަނާކޮށްފައިވަނިކޮށް އިއްޔެ މެންދުރު 13:55 ހާއިރު ސައުތް ޕާމްގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫ އަށް އެރުމާ ގުޅިގެން އޭނާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް އެ އިދާރާއިން ތަންފީޒުކުރާނެ ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!