ޚަބަރު

އާންމުކޮށް ކުނި ޖަމާކުރާ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މާލޭ މަގުމަތީގައި ކުނި ފުނި ޖެހިފައި - ފޮޓޯ: ދެން

މާލޭގައި އާއްމުކޮށް ކުނި ފުނި ޖަހައި ދިހަ މަގެއް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

Ads by Hajj Corporation

އެ ކައުންސިލުން ފާހަގަކޮށްފައިވާ ތަންތަނުގެ ތެރޭގައި، އަލަމާ ގޯޅި، ކެނެރީ ގޯޅި، ހަދީބީ މަގު، މާވެޔޮމަގު ފަހަތު ކަންމަތި އަދި އަދީބީ ގޯޅި ހިމެނެއެވެ.

މީގެ އިތުރުން، ކާސިންޖީ މަގުގެ ހެންވޭރު ސަހަރާ ކަންމަތި، ބަރުޖޯރާ ގޯޅި ކަންމަތި، މ. ޕިއްޒާ ބޯނާ ކަންމަތި، ދިލްބަހާރުމަގު ދަގަނޑު ކެނޑިގޭ ކަންމަތި އަދި ޖަމާލުއްދީން ސްކޫލް ކުރިމަތި ހަނި ގޯޅި ހިމެނެއެވެ.

މާލެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް މިހާރު ފާހަގަކުރެވެމުންދާތީ އެފަދަ ފަރާތްތައް ފާހަގަކުރެވޭނަމަ، އެ ފަރާތްތަކުގެ ފޮޓޯ ނުވަތަ ވިޑިއޯ 9341144 މި ނަންބަރަށް ވައިބަރ /ވަޓްސްއެޕް ނުވަތަ އެ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ފޮނުވައިދިނުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 350 ކިލޯގެ 14 ޕިކަޕު, 1.5 ޓަނުގެ 7 ޕިކަޕު, 2 ޓަނުގެ 3 ޕިކަޕު, 3 ޓަނުގެ 3 ޕިކަޕުގެ ކުނި ނަގާފައެވެ.

ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަދި އެއާއި ހިލާފަ އަމަލުކުރަމުންދާ ފަރާތްތަކާއިމެދު އަންނަނީ ފިޔަވަޅުވެސް އަޅަމުންނެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެ، ޖޫރިމަނާ ކުރަމުންދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!