ޚަބަރު

ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ވިލިމާލެ އިން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ވިލިމާލެ އިން ފެނިއްޖެ އެވެ.

Ads by MWSC

އާދައިގެމަތިން މިއަދު ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ ދެކުނު ކޮރެއާއަށް ދަތުރުކޮށްފައިވާ ދިވެއްސެއް ކަމަށާއި އޭނާ ފަރުކޮޅުފުުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި އޭނާގެ ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ ފަރާތްތައް އައިސޮލޭޝަންގައި ހުރުމަށް އެންގިފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މަބްރޫކް ވިދާޅުވީ ޝައްކު ކުރެވޭ ދިވެހި މީހާ ދަތުރުކޮށްފައި ވަނީ، އެ ދެ ޕްރޮވިންސް ނޫން އެހެން ހިސާބަކުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ދެ މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!