ޚަބަރު

މެލޭޝިއާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަ-19އާ ގުޅިގެން އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުންވެސް ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެކަމަށެވެ.

ސަރުކާރުން އެޅި މި ފިޔަވަޅާއެކު އިނގިރޭސިވިލާތާއި މެލޭޝިއާއިން ޓްރާންސިޓް ވެގެން އަންނަ އެއްވެސް ފަސިންޖަރަކަށް ރާއްޖެއަށް އެތެރެ ނުވެވޭނެއެވެ. އެހެންނަމަވެސް މި ދެ ޤައުމުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އިނގިރޭސި ވިލާތުން މިމަހުގެ 19 ވަނަދުވަހުގެ 00:00 އިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ރެސްޓްރިކްޝަންއެއް ރާއްޖެއިން މި އިޢުލާނުކުރަނީ. މީގެ ފަހުން އިނގިރޭސިވިލާތުން ޓްރާންސިޓްވެގެން އަންނަ އެއްވެސް ބިދޭސީއަކަށް ރާއްޖެއަށް ނުވަދެވޭނެ. އަދި ރާއްޖެ އަންނަ ދިވެހިން އަންނާނީ 14 ދުވަހުގެ ކަރަންޓީނަކަށް. އަދި މިރޭ 18:00 އިން ފެށިގެން ވަގުތީ ޓްރެވެލް ރެސްޓްރިކްޝަންއެއް މެލޭޝިއާއަށް ވެސް އަންނާނެ." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ ނުވަ ޤައުމަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!