ސީރިޔާގައި ހުންނަ އީރާނު ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދާދި ފަހުން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ހަވީރު އިނގިރޭސި ބަހުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ޑިޕްލޮމެޓިކް ފެސިލިޓީތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއްކަމަށާއި ޑިޕްލޮމެޓިކް އިމިއުނިޓީގެ އުސޫލުތައް ދަމަހައްޓައި، ކޯޅުންތައް ސުލްހަވެރިކަމާއިއެކު ހައްލުކުރަން ބުރޫއަރާ ކަމެއްކަމަށެވެ.
ބައނަލްއަގުވާމީ މުއާހަދާތަކާއި އެއްގޮތަށް ޑިޕްލޮމެޓިކް ތަންތަން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން މިހާދިސާގެ ސަބަބުން ހާާލުގައި ޖެހިފައިވާ އާއިލާތަކުގެ މެމްބަރުންނާއި އަދި މިހަދިސާގެ އަސަރު ކުރި އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުން އިހްލާސްތެރިކަމާއިއެކު ތައުޒިޔާ ދަންނަވާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.