ކުޅިވަރު

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދު ކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރު ކުރުމާއި ހުކުރު ކުރިން މެދު ކަނޑާލަަން ނިންމައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ނިންމެވުން ނިންމެވީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހުގެ ވެސް ލަފާގެ މަތިން ކަމަށެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ކޮވިޑް-19 ފެނި، ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފިނަމަ، އެ ރަށެއްގައި މި އުސޫލު ކަނޑައެޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދު ކަނޑާލާފައިވަނީ މިއަދު މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދާ ހަމައަށެވެ.

މިނިސްޓަރ ވިދާޅުވީ މިމުއްދަތުގައި ހުކުރު ނަމާދު ކުރާނެ ގޮތް ރައްޔިތުންނަށް ބަޔާން ކޮށްދިނުމަށް ޢިލްމުވެރިން މިއަދު 10:00 ގައި ޓީވީ މެދުވެރިކޮށް ޚާއްސަ ޕްރްގްރާމަކުން ބަޔާން ކޮށްދެއްވާނެ ކަމަށެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި ނަމަވެސް ހުރިހާ ރައްޔިތުން ވެސް ފަރުޟު ފަސް ނަމާދު އަދާކުރުމާއި ﷲ އަށް ޒިކުރުކުރުމާއި އިސްތިޣުފާރު ކުރުމުގައި ދެމި ތިބުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!