Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮރަޕްޝަން ހިންގާ ސަބަބު ބަލަން ސައިންޓްފިކް ދިރާސާއެއް ކުރާނެ ބަޔަކު ހޯދަނީ

ކޮރަޕްޝަން ހިންގާ ސަބަބު ބަލަން ސައިންޓްފިކް ދިރާސާއެއް ކުރާނެ ބަޔަކު ހޯދަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން, ސައިންޓްފިކް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލާއިފިއެވެ. އެ ކޮމިޝަނުން މިއަދު ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ދިރާސާގެ މައުޝޫއު އަކީ ''ޕްރިޑިކްޓިވް މޮޑެލް އޮފް ކޮރަޕްޝަން އިން ދަ މޯލްޑިވްސް: ''ބީހޭވަރަލް އިންޑިކޭޓާސް އެންޑް އެތިކަލް ޕަސްޕެކްޓިވް'' ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 29 ވާ ހޯމަ ދުވަހު 10:00ށް އެ ކޮމިޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އޭސީސީން އެދެއެވެ.

ބީލަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އެ އިއުލާނާ އެކު އެޓޭޗް ކޮށްފައިވެއެވެ.

ދިރާސާގެ ތިން މަގުސަދެއްގެވެއެވެ. އެއީ ކޮރަޕްޝަންގެ ބިހޭވިޔަރަލް އިންޑިކޭޓަރުތަކާ ބެހޭ ގޮތުން ސައިންޓިފިކް އަންދާޒާއެއް އުފެއްދުމާއި، ކޮރަޕްޝަނާ މެދު ދިވެހިންގެ އަހުލާގީ ނަޒަރުގެ ސައިންޓިފިކް އަންދާޒާއެއް އުފެއްދުމުގެ އިތުރުން ކުށްކުރާ ފަރާތްތަކުގެ އަމަލުތަކުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް