ޚަބަރު

ރާއްޖެ އަންނަ ލަންކާ ޓޫރިސްޓުންނަށް 90 ދުވަހުގެ އޮން އަރައިވަލް ވިސާ ދެނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖެ އަންނަ ލަންކާ ޓޫރިސްޓުންނަށް 90 ދުވަހުގެ އޮން އަރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MPL

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެއްސި ކަމެކެވެ.

ލަންކާގެ ބައެއް ނޫސްތަކުގައި މިކަން ރިޕޯޓްކޮށްފައިވެ އެވެ.

ނިއުސް ވަޔާ ނޫހުގައި ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން މި އާ އުސޫލަށް ދަނީ އަމަލު ކުރަމުންނެވެ.

ނަމަވެސް މި ވިސާ ލިބެން، ރާއްޖެ އަންނަ ލަންކާގެ ޓޫރިސްޓު އެ މުއްދަތުގައި ރާއްޖޭގައި މަޑުކުރޭވެވޭ ވަރަށް ފައިސާ ހުރި ކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ލަންކާގެ އެ ނޫހުގައި ބުނެފައިވެ އެވެ.