ރިޕޯޓް

ލަވީ ބިއުޓީ ސެލޫން: ހިދުމަތުގެ ފެންވަރު ދަށްވެގެން އުޅޭކަށް ނުޖެހޭނެ!

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ރީތިކޮށް ހުންނަން އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފުސުގެ ދުޅަހެޔޮ ކަމާއި އަނެކާއިން ތިމާއާ މެދު ދެކޭ ގޮތަށް ޓަކައެވެ. އެހެންވެ އެ މީހެއްގެ މޫނާއި ހަންގަޑާއި، އިސްތަށިގަނޑު ރީތިކޮށް ބަހައްޓާން ބޭނުން ނުވާ މީހަކު ނުހުންނާނެއެވެ.

Ads by Sosun Fihaara

އޭގެ ޑިމާންޑު ބޮޑު ޓްރެންޑެއް އަހަރުމެންގެ ތެރޭގައި އެބަ އޮތެވެ. ސެލޫންތަކުން ހިދުމަތް ހޯދައެވެ. އެކަމަކު ޝަކުވާއަކަށް ވެފައި އޮންނަނީ، ރާއްޖެއިން ހޯދާ މިފަދަ ހިދުމަތްތަކުގެ ކޮލިޓީ ދަށް ވާހަކައެވެ.

ހަތަރު އެކުވެރިން ގުޅިގެން ހިންގާ ލަވީ ބިއުޓީ ސްޓޫޑިއޯއަކީ މީގެ ހައްލެވެ. އަރުޝަދު މުހައްމަދާއި، ނައުފަލް އަމްޖަދު، އަދި ރާކިބް އަލީ އަދި ބިއުޓީ ޕާލާ ހިދުމަތުގެ މާހިރެއް ކަމަށްވާ ސެނީ ބްލޮން ހިންގާ ސެލޫނެކެވެ. ސެލޫންގެ ނަން ވެސް ދެވިފައިވަނީ ލަވީގެ ނަމަށެވެ.

ހެއާ ޑްރެސިން އެންޑް ކަލަރިން، ފޭޝަލް އެންޑް ސްކިން ކެއާގެ ހިދުމަތުގެ އިތުރުން ވެކްސިންއާއި ސްޓައިލިން އަދި މޭކަޕް އާޓިސްޓްރީގެ ހިދުމަތް މި ތަނުން ލިބޭނެ އެވެ.

 

 

ސެލޫންގެ ނަން ދެވިފައިވާ ބައިވެރިޔާ ސެނީ އަކީ، ބިއުޓީޝަން ދާއިރާގެ މާހިރެކެވެ. އެ ދާއިރާއިން ތައުލީމު ހޯދައި ތަޖުރިބާ އެބަ ހުއްޓެވެ. އަދި މިހާރު އެއީ ސެލޫންތަކަށް ގޮސް އުޅޭ ގިނަ ބަޔަކު ދަންނަ މޫނެކެވެ. އޭނާގެ ގައުމުގައި ވެސް ލަވީގެ ނަމުގައި ސެލޫނެއް ހިންގައެވެ.

މި ވިޔަފާރީގެ މައި ބައިވެރިވާ އަރުޝަދު ބުނި ގޮތުގައި، މާލޭގައި ވެސް ލަވީގެ ނަމުގައި މި ހިދުމަތް ފެށީ، ބްރޭންޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ އަޒުމުގައެވެ.

 

ހަތަރު އެކުވެރިން ގުޅިގެން މި ސެލޫން ހުޅުވީ ވެސް ހިދުމަތް ދިނުމަށް ހޭދަވާ ވަގުތަށް، އަގަށް ނުބަލާ ކްލައިންޓުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގެ ބޭނުމުގައެވެ.

އަރުޝަދު ބުނީ، ޓްރީޓްމެންޓްއަކަށް ގިނަ ވަގުތު ހޭދަވީ ކަމަށް ވިޔަސް، އެންމެ އިސްކަން ދެނީ އެ ޓްރީޓްމެންޓެއްގެ އެންމެ ފުރިހަމަ ހިދުމަތް ކޮންމެ ކްލައިންޓަކަށް ވެސް ދިނުމަށެވެ. ޓްރީޓްމެންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކުރާނީ ވެސް އޭރުންނެވެ.

ލަވީ ބިއުޓީ ސްޓޫޑިއޯގައި ފާހަގަކޮށްލެވޭ ހިދުމަތަކަށް ވެފައި އޮންނަނީ ލޯންގް ހެއާ ޓްރީޓްމެންޓާއި، ޕެޑިކިއުއާ ހިދުމަތެވެ. މި ހިދުމަތް ދިނުމަށް އެ ސެލޫނުން އެކަށީގެންވާ މެޝިން ބޭނުންކުރާއިރު ހިދުމަތް ދޭ ފަރާތްތަކަކީ ވެސް ފުރިހަމަ އަށް ތަމްރީން ލިބިފައިވާ މީހުންނެވެ.

ލަވީއިން ދޭ މި ހިދުމަތްތަކަކީ ނަތީޖާ ދައްކުވައިދޭ ހިދުމަތްތަކެކެވެ.

Ads by HDC