Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފާހަނަ ފާރު ތޮރުފައި މަގުމައްޗަށް ފެން ބޭރުވާ ގޮތް ހެދުމުން 500 ރުފިޔާއިން ޖޫރިމަނާކޮށްފި

ފާހަނަ ފާރު ތޮރުފައި މަގުމައްޗަށް ފެން ބޭރުވާ ގޮތް ހެދުމުން 500 ރުފިޔާއިން ޖޫރިމަނާކޮށްފި

މާލޭގެ ގެއެއްގެ ފާހަނަ ފާރު ތޮރުފައި ފެން ބޭރުވާ ގޮތް ހެދުމުން އެ ގޭގައި އުޅޭ މީހުން 500 ރުފިޔާއިން މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން އެ މަންޒަރު ފެންނަ ވީޑިއޯ ވަނީ ޕޯސްޓުކޮށްފަ އެވެ.

އެ ޕޯސްޓުގައި ކައުންސިލުން ބުނީ އެ ތަން ޗެކު ކުރި އިރު އެ ގޭގެ ފާހަނާ އުޅުނީ ފެން ބޮޑުވެގެންނެވެ. އެހެން ވިޔަސް އެފަދަ ކަމެއް ދިމާވެގެން އެހެން މީހނަށް އުނދަގޫވާ ގޮތަށް އެއްވެސް ކަމެއް ނުކުރަން ސިޓީ ކައުންސިލުން އިލްތިމާސްކުރި އެވެ.

Advertisement
Allied — Dhen Online (box)

އެ ހާދިސާގެ ތަފުސީލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސިޓީ ކައުންސިލުން "ދެން އެމްވީ" އަށް ބުނީ 500 ރުފިޔާއިން މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ތަކުރާރު ނުކުރުމަށް އަންގާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް