ހިޔާ ޓަވަރެއްގައި މީހުން ރަހީނުކޮށް ފޭރޭ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މީހުން ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި، ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގައި އުޅޭ ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފި އެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު ޖަހާފައިވެ އެވެ. އެއީ އުމުރުން 43 ވަނަ އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހިޔާގެ 11 ވަނަ ޓަވަރުގައި އުޅޭ ދެ މީހެކެވެ.
ކްރިމިނަލް ކޯޓުން މީގެ ދެ އަމުރެއް ވަކިންވަކިން ނެރެފައިވާ އިރު ފިރިހެނުންނަށް ބައެއް އަންހެނުން އޮޅުވާލައިގެން ފޭސް ދޭއްގެ އެޕާޓްމަންޓުތަކަށް ގެންގޮސް ފޭރޭ ގްރޫޕުތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އިންތިޒާމުވެގެން މި ގޮތަށް ފޭރޭ ހަތަރު މީހުންގެ ގްރޫޕެއްގެ ވާހަކަ "ދެން" ގައި ޝާއިއުކޮށްފަ އެވެ. އެއީ ހިޔާގެ އަށްވަނަ ޓަވަރުގައި މަންމައާއި އޭނާގެ އަންހެން ދަރިއާ އިތުރު ދެ ފިރިހެނެކެވެ. ފިރިހެނުން ހައްދާލައިގެން ގޮސްގެން ގަދަކަމުން ބަރަހަނާކޮށް ވީޑިއޯ ކުރުމަށް ފަހު ފޭރެނީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.