އެސްޓީއޯއިން ހިއްސާއަކަށް 80ރ. ބަހަން ހުށަހަޅައިފި

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމައިފި އެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ހިއްސާގެ ފައިދާ ބަހާނީ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއަށް އެކަން ހުށަހަޅައި ފާސްވުމުން ނެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 77ރ. އެވެ.