ޚަބަރު

އެޗްޑީސީ އީދު އުފާ އިވެންޓުގެ ނަސީބުވެރިޔާއަށް ޝީޝާއިން އެއާބްލޭޑް ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެޗްޑީސީއާއި ދިރާގު އަދި ޝީޝާ މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "މައި ހުޅުމާލެ އީދު އުފާ" އިވެންޓުގެ ނަސީބުވެރިޔާއަށް ޝީޝާގެ ފަރާތުން އެއާބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލެއް ހަދިޔާއެއް ގޮތުގައި ދީފި އެވެ.

Ads by Sosun Fihaara

އިވެންޓުގެ ގޯލްޑް ސްޕޮންސާގެ ގޮތުގައި ހިމެނޭ ޝީޝާގެ ފަރާތުން އިވެންޓުގެ ބައިވެރިންނަށް ހާއްސަކޮށް ބޭއްވުނު ގުރުއަތު ލުން ގެންދިޔައީ އިވެންޓު ނިންމާލުމުގެ ވެސް ގޮތުންނެވެ. އެޗްޑީސީން ބުނީ އެ ގުރުއަތުގެ ނަސީބުވެރި ފަރާތެއްގެ ގޮތުގައި ހޮވިފައިވަނީ ޔޫހާ އެވެ.

"ޔޫހާ ވަނީ ސައިކަލް ޔޫހާގެ ބައްޕައަށް އީދު ހަދިޔާއެއްގެ ގޮތަށް ދީފައި،" އެޗްޑީސީން ބުންޏެވެ.

ތިން ދުވަހަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ އެ އިވެންޓްގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކެއް ބޭއްވި އެވެ.

ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ހިމެނެ އެވެ. ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުމުގެ ހަރަކާތްތައް ވެސް އޮތެވެ. ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދިން ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އެއް ހަރަކާތެވެ.

މި އަޟްހާ އީދު ވެގެން ދިޔައީ ހުލުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައިދިން އީދެއް ގޮތުގައި އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ކަމުދާނެ ގޮތަކަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!