ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދާތާ ހަފްތާއެއް

ފުވައްމުލަކަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަހްމަދު އިޔާޝް ވަސީމް (24އ) ކަމަށެވެ.
އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އިޔާޝް ގެއްލުނީ ސީދާ ފުވައްމުލަކުން ކަމެއް ނުވަތަ ނޫންކަމެއް ފުލުހުންކުރި ޕޯސްޓުން އެނގޭކަށް ނެތެވެ.
ފުލުހުން ވަނީ އިޔާޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.