ޚަބަރު

ގައިދީންނަށް ޑްރަގު ވިއްކާ ޖަލު އޮފިސަރުންގެ ނެޓްވޯކެއް އަތުލައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާފުށި ޖަލު - ފޮޓޯ: ދަ ޕްރެސް

ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް މަސްތުވާތަކެތި ވިއްކާ، ކަރެކްޝަންސް އޮފިސަރުންގެ ނެޓުވޯކެއް ފުލުހުން އަތުލައިގެންފި އެވެ.

Ads by Sosun Fihaara

ހޯމް މިނިސްޓްރީން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އޭގައި ބައިވެރިވާ 18 އޮފިސަރަކު އަތުލައިގެންފައިވާ ކަމަށެވެ. އެއީ ޖޫނިއާ ރޭންކިންގައި ތިބި އޮފިސަރުންތަކެކެވެ.

އެ ހުރިހާ އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއިން އެއް މުވައްޒަފުގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާކޮށްފައި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެ އޮފިސަރުންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި ބަންދު މުއްދަތުގައި ތިބޭ މީހުންގެ އިތުރުން މާލޭގެ ފާހަގަކޮށްލެވޭ ކުށް ހިންގާ ގޭންގުތަކުގެ މީހުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުންނެވެ.

އޭގެ ތެރެއިން 3 އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް ޖޫނިއާ ރޭންކިންގެ 18 އޮފިސަރަކު ހޯދުނު ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ސްކޯޕް ގެންދާނީ އެންމެ މަތީ ފަންތީގެ ރޭންކިންގެ އޮފިސަރުންނަށް ވެސް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!