ޚަބަރު

ގޭގެ ފާރުތަޅާލީ ގާނޫނާ ހިލާފަށް، ގެއްލުމުގެ ޒިންމާ ކައުންސިލުން ނަގަން ޖެހޭ: ޝާކިރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހުދުފިނިގެންމާގޭގެ ދޮރުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/ ވަގުތު)

ފާރެއް ރޭނުމުގެ ސަބަބުން ހ. ހުދުފިނިފެންމާގޭގެ މީހުން ބަންދުވުން، އެ މީހުން ނެރުމަށްޓަކައި މާލެ ސިޓީ ކައުންސިލް އެގޭގެ ފާރުތަޅާލީ ގާނޫނާ ހިލާފަށް ކަމަށް އެ ގޭގެ ވެރިފަރާތެއް ކަމަށްވާ ހަސަން ޝާކިރު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހުދުފިނިފެންމާގޭގެ ދޮރުމަތީގައި އެގޭގެ މީހުންނަށް ވަަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނީ، އެގޭގެ މީހުން ނިދާފައި ތިއްބަ އެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަަކުވެސް ހިމެނޭ އެ އާއިލާ 24 ގަޑިއިރަަށް ވުރެ ގިނައިރުވަންދެން އެގޭގައި ބަންދުވެފައި ތިއްބެވެ. އެ މައްސަލަ ހައްލުކުރީ އެގެއިން ގޯޅި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން ނެވެ. ކައުންސިލުން އެ ފާރު ތަޅާލީ ޝާކިރުގެ ބައިންނެވެ.

މިކަމާ ގުޅިގެން ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ގާނޫނީ ވަކީލު ވިދާޅުވީ މި މައްސަލަ ފެންމަތިވީ، އެ ކައުންސިލުން މީގެކުރިން އެ ގޯތި ރެޖިސްޓްރީކޮށްދީފައި އޮތް ގޮތުން ނެވެ. އަދި އެރޭ ފާރުތަޅާލުމުން، ޝާކިރުގެ ފަރާތުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޝާކިރު މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ އޭނާގެ ގޭގެ ދެ ދިމާލަކުން ފާރުތަޅާލައިގެން ވަމުންދާ ގެއްލުުގެ ފުރިހަމަ ޒިންމާ ކައުންސިލުން އުފުލަން ޖެހޭ ކަމަށެވެ.

"އެފާރު ރޭނިތާ 14 ވަރަކަށް ގަޑިއިރަށް ވުރެ ވެސް ގިނައިރުވީ ފަހުން، ހުއްދައެއް ހޯދުމަކާ ނުލާ އަދި ކޯޓު އަމުރެއް ނެތި، އަޅުގަނޑުގެ ވަކި ރެޖިސްޓްރީ އޮންނަ ހުދުފިނިފެންމާގޭ އިންފާރުން ދެދިމާއިން ތަޅައިލައި، މާލެ ސިޓީ ކައުންސިލް ހިންގާފައިވަނީ އައިރު ގާނޫނީ އަމަލެކެވެ" ޝާކިރުގެ ބަޔާނުގައި ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!