ޚަބަރު

ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި، އެކަކުގެ ހާލު ވަރަށް ސީރިއަސް!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާއިރު އެއިން ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި ވަނީ އެނދުމަތިކޮށްފަ އެވެ. އެއިން ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެން ކަމަށް ފުލުހުން ބުންޏެވެ. މި ކަން ހިނގި ސަބަބު ދެނެގަންނަން ހޮސްޕިޓަލް މެދުވެރިކޮށް ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!