ވަގު ވިސާއެއްގައި ފުރަން އުޅުނު ބިދޭސީއަކު ހުއްޓުވައިފި
ވަގު ވިސާއެއްގައި ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައި، ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ވިސާއެއް ހިމެނޭ ޕާސްޕޯޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ފުރަން އުޅެނިކޮށް ހޯމަ ދުވަހު ހިފެހެއްޓީ 32 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ބިދޭސީ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަން އަދި ފުރަން އުޅުނީ ކޮން ގައުމަކަށް ކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ.
Ads by Allied Insurance