ޚަބަރު

އީދު މިސްކިތުން ބޮކިތަކާއި ފަންކާ ނަރުތައް ވަގަށް ގެންގޮސްފި

އަލީ ސަމާޙް ، ދެން އޮންލައިން
އީދު މިސްކިތުން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި/ ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގައި ހުންނަ އީދު މިސްކިތުން ރޭ ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

Ads by Hajj Corporation

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓް ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވިޔަސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސިޓީ ކައުންސިލުން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ އީދު މިސްކިތް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ވައްކަން ކޮށްފައިވަނީ ރޭ 6-10 އާއި ދެމެދު ވަގުތެއްގަ އެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ. 

މާލޭ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ގިނަވެފައިވާއިރު ވަގަށް ނަގާ ތަކެތި ވިއްކާލަން އުޅެނިކޮށް އެތަކެތި ފުލުހުން ހޯދަފާއި އެބަހުއްޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!