ކާނެ އެއްޗެއް ނުލިބިގެންކަމަށް ބުނެ ފިހާރައަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ކާނެ އެއްޗެއް ނުލިބިގެން ކަމަށް ބުނެ ފިހާރައަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އޭނާއަކީ އަމިއްލަ މަސައްކަތްކުރާ މީހެއް ކަމަށާއި ނަަމަވެސް މި ދުވަސްވަރު އަމިއްލަ މަސައްކަތް ކޮށްގެން ލާރި ނުލިބޭތީ ބަނޑުހައިވެގެން ވައްކަން ކުރީ ކަމަށް ކަމަށް ބުނެފައިވާ ކަަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް ފުލުހުންގެ އިންވެސްޓިގޭޝަން ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި ބުނީ އޭނާ ވަގަށް ނެތީ ބަނޑުހައިވެގެން ނަގާނެފަދަ ކާތަކެތި ނޫން ކަމަށެވެ.
އަދި އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއް ކަަމަށް ބަލައި 15 ދުވަސް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.