އެޑްވަޓޯރިއަލް ވިޔަފާރި

ބޮލީވުޑް ރެސްޓޯރަންޓް ކެއުންތައް، މިހާރު އަވަސްފުޑުން ޑެލިވަރީކޮށްދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާވެޔޮމަގުގައި ހުންނަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ބޮލީވުޑް ރެސްޓޯރެންޓްގެ ކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް މިހާރު އޮންލައިން ޕްލެޓްފޯމް "އަވަސްފުޑް" މެދުވެރިކޮށް މިހާރު އޯޑަރުކުރެވޭނެ އެވެ.

Ads by STELCO

އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ބޮލީވުޑް ކެފޭގެ ކެއުންތައް އޯޑަރުކުރެވޭއިރު، އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ހުރީ ކޮން އައިޓަމްތަކެއްތޯވެސް ބަލާލެވޭނެ އެވެ.

އެހެންކަމުން މިހާރު ބޮލީވުޑް ރެސްޓޯރެންޓުން ޑިނާއެއް ނުވަތަ ލަންޗެއް ނެގުމަށް ކޮންމެހެން އެ ރެސްޓޯރެންޓަކަށް ދާކަށެއް ނުޖެހެ އެވެ. އަވަސްފުޑް މެދުވެރިކޮށް އޯޑަރުކޮށްލުމުން އިސާހިތަކު ބުނި ތަނަކަށް އެ އެއްޗެއް ގެންގޮސްދެ އެވެ.

"މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހަކަމަކަށްވާނެ. މިހާރު ހުޅުމާލޭގައި އުޅޭ މީހާއަށް މާލެ ނައިސް އަވަސްފުޑް އެޕްލިކޭޝަނުން އޯޑަރު ދިނުމުން އެ އެއްޗެއް ގެންގޮސްދެވޭނެ. ކަސްޓަމަރުންގެ ޝަކުވާއެއް އެއީ އޯޑަރުކުރާ ކާއެއްޗެހި އަވަހަށް ނައުމުގެ މައްސަލަ. އަޅުގަނޑުމެން ޔަގީންކަންދެން ކަސްޓަމަރުން ބޭނުންވާ ވަގުތުގައި އެ އެއްޗެއް ގެންގޮސްދޭނެކަން" ބޮލީވުޑް ރެސްޓޯރެންޓުގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އޮޕަރޭޝަންސް މުހައްމަދު ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ރެސްޓޯރެންޓްގެ ރަހަތައް ގޭގޭ ސިޓީންރޫމްތަކާ ހަމަޔަށް ގެންގޮސްދިނުމުގެ މައިގަނޑު މަގްސަދަކީ ރެސްޓޯރެންޓްގެ ރަހަތަށް ބޭނުންވާ އެންމެނަށްވެސް އެފުރުސަތު ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ މީހުންނާއި، އެހެންވެސް ސަބަބުތަކާހުރެ ގެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ކެފޭއިން ތައްޔާރުކުރާ ކެއުންތައް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖެއްސީ މި ސަބަބަށްޓަކައި ކަމަށް ސަލާމް ފާހަގަކުރި އެވެ.

ބޮލީވުޑް ރެސްޓޯރެންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ.

ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ރެސްޓޯރެންޓުން އިންޑިއާގެ ތަފާތު ރަހަތަށް ލިބެންހުރެ އެވެ.

މީގެ ތެރޭގައި އެކި ވައްތަރުތަކުގެ ބިރިއާނީ، ތަންދޫރީ ޗިކަން، ބަޓަރޗިކަންގެ އިތުރުންވެސް ތަފާތު ވައްތަރުތަކުގެ ޑިޝް ހިމެނެ އެވެ.

އިންޑިއާގެ ކެއުންތައް މިހާރު ދިވެހިންގެ މެދުގައިވެސް ނިކަން މަގްބޫލެވެ. ބޮލީވޫޑް ކެފޭގެ މަގްސަދަކީ އިންޑިއާގެ އޮރިޖިނަލް ރަހަތަކާއެކު ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި ކެއުންތައް ލިބޭނޭ މަގު ތަނަވަސް ކޮށްދިނުމެވެ.

Ads by HDC