ލައިފްސްޓައިލް

ކެއްކުމުގައި އެކަންޏެއް ނޫން ، މިއޮތީ އޮލިވް އޮއިލްގެ ބޭނުން ހިފިދާނެ އެތައް ގޮތެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އޮލިވް އޮއިލްއަކީ އާންމުކޮށް ބަދިގޭގެ އެއްޗެކެވެ. ކެއުން ރޯ ފިލުވާލުމާއި ރަހަ މީރު ކޮށްލުމުގައި އޮލިވް އޮއިލްގެ ބޭނުން އިންތިހާއަށް ހިފަން ޖެހެއެވެ. ނަމަވެސް ކެއްކުމުގެ އިތުރުން ބަދިގެއާއި ބަދިގޭން ބޭރުގައި ވެސް އޮލިވް އޮއިލްގެ ބޭނުން ވަރަށް ގިނަ ގޮތް ގޮތަށް ހިފިދާނެއެވެ.

Ads by STELCO

މިކަންކަން ކޮށްލުމަށް އޮލިވް އޮއިލް ޓެސްޓް ކޮށްލައްވާށެވެ.

ސްޓައިންލެސް ސްޓީލް އެއްޗެހިން އޮފް އަރުވާލުން: މަޑު އަދި ސާފު ފޮތިކޮޅަކަށް އޮލިވް އޮއިލް ކޮޅެއް އަޅާލުމަށްފަހު ސްޓެއިންލެސް ސްޓީލް ތެއްޔާއި ތަވާ އަދި ސިންކާއި އަވަންހުޑް ގައި އުނގުޅާލާށެވެ.

ރިހީގެ ސާމާނުގައި ކުލަ ހިފެހެއްޓުން: ރިހީގެ ބައެއް ތަކެއްޗަކީ ވެސް ކުލާ ފަނޑުވާ ތަކެއްޗެވެ. މަޑު އަދި ކުޑަ ރަބަރުކޮޅަކަށް އޮލިވް އޮއިލް ކޮޅެއް އަޅާލުމަށްފަހު ރިހީގެ އެއްޗެހީގައި އުނގުޅާލާށެވެ.

ކަރުގައި އަޅާ ފަށާއި ކަންފަތުލާ މުދި ސާފުކޮށްލުން: ސާފު މަޑު ފޮތިކޮޅަކަށް އޮލިވް އޮއިލް ކޮޅެއް އަޅާ ސާފުކޮށްލާށެވެ.

ތާށިވާ ޒިބު ރަނގަޅުކޮށްލަން: ބައެއް އެއްޗެހީގެ ޒިބު ތާށިވުމަކީ އާންމު ކަމެކެވެ. އެފަދަ ޒިބުތަކަށް އޮލިވް އޮއިލް ކޮޅެއް އަޅާ ޒިބު ހިންގާލާށެވެ.

ބޫޓް އޮފް ކޮށްލުން: ބޫޓް އޮފް ކުރާ އެއްޗިހި ހުސްވެފައި ހުއްޓަސް ބަދިގޭގައި އޮލިވް އޮއިލް ހުންނާނެއެވެ. މަޑު ފޮތިކޮޅަކަށް ތެޔޮ ކޮޅެއް އަޅުއްވާ ރަބަރު އަދި ލެދަރ ބޫޓް އޮފް ކޮށްލާށެވެ. ސުއައިޑް މެޓީރިއަލް ނުވަތަ ފޮތި ވައްތަރެއްގެ ލެދަރ ބޫޓް އޮފް ކުރަން ނަމަނަމަ ބޭނުން ނުކުރާށެވެ.

ހަންގަނޑު ހިކުމަށް: ހޫނު ދުވަސްވަރު ހަށިގަނޑުގެ ހަންގަނޑު ހިކުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި އެންމެންނަކީ އަގު ބޮޑެތިި ކްރީމިތައް ގަނެވޭނެ ފެންވަރުގެ މީހުންނެއް ވެސް ނޫނެވެ. މޫނުގައި އޮލިވް އޮއިލްކޮޅެއް ހާކާލުމަށްފަހު އިރުކޮޅަކު ބަހައްޓާފައި ދޮވެލާށެވެ.

މޭކަޕް ފިލުވާލުމަށް: އެސްފިޔައިގައި ހާކާ މަސްކަރާ ބައެއް ފަހަރު ރަނގަޅަށް ނުފިލާ ހުރެއެވެ. އެހެންވާނަމަ ކޮޓަން ބަޑެއްގައި އޮލިވް އޮއިލް ތިއްކެން ޖައްސާލުމަށްފަހު އޭގެން ސާފު ކޮށްލާށެވެ. އޮލިވް އޮއިލްއަކީ އޭގެ ޒާތުގައި ވެސް އެސްފިޔައަށް ފައިދާހުރި މާއްދާއެކެވެ.

މިހިރީ އޮލިވް އޮއިލްގެ ބޭނުން ހިފިދާނެ އެތައް ގޮތެކެވެ. ބަލާލަމާ ހެއްޔެވެ.

 

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!