މާލޭގެ އެކި ސަރަހައްދުތަކުގައި 4000 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިިފި

މޫސުން ގޯސްވާނެތީ ރައްކާތެރިވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި 4000 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މޫސުން ގޯސްވާނީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.
ވިއްސާރައިގައި ގެދޮރަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ޓަކައި ވެލިބަސްތާ ޖަހައިދިނުމުގެ މަސައްކަތަށް ވެސް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުންނާއި މާލޭ ސިޓީ ކައުންސިލްއިން ވެސް ދަނީ ކުރަމުންނެވެ.
އެގޮތުން ފާއިތުވެދިޔަ ދެ ދުވަސްތެރޭ މާލޭގެ އެކި ސަރަހައްދުތަކުގައި 3500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފައިވެ އެވެ.
އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، މިއަދުގެ 16:15 އާ ހަމައަށް، 83 ގޭބީސީއެއްގައި 629 ވެލިބަސްތާ ވަނީ ޖަހާދީފައިވާ ކަމަށް އެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.