ޚަބަރު

މިދިޔަ މަހު ދައުލަތުގެ ހަރަދުތައް ދަށަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީސީބީ ހިންގަމުން އަންނަ ފިނޭންސް އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ބަލާއިރު މިދިޔަ މަހު ދައުލަތުގެ ހަރަދުތައް ކުޑަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިޒްކަލް ޑިވޮލޮޕްމަންޓް"ގެ ރިޕޯޓުން ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިކަރަންޓްއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ  1.2 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ވަނީ ހަދަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 846.6 ބިލިއަން ރުފިޔާ އެވެ. މިއީ 411 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ބަލާއިރު މިދިޔަ މަހު މުސާރާއި އެލަވަންސްތަކަށް ކުރި ހޭދަވެސް ވަނީ ކުޑަވެފަ އެވެ.

އެގޮތުން 2023 ވަނަ އަހަރު ޖެނުއަރީ މަހު މުސާރައާއި އެލަވަންސްތަކަށް 9 މިލިއަން ރުފިޔާ ޙޭދަކުރި އިރު މިދިޔަ މަހު ހޭދަކޮށްފައިވަނީ 5.4 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ޕެންޝަނާއި ރިޓަޔާމަންޓްއަށް ކުރި ހޭދަ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން 2023 ވަނަ އަހަރު ޕެންޝަނާއި ރިޓަޔާމަންޓް ބެނިފިޓްސްގެ ގޮތުގައިށް ހޭދަކޮށްފައިވަނީ އެންމެ 100،000 ރުފިޔާ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ވަނީ 147.3 މިލިއަން ރުފިޔާ ވަނީ އެކަމަށް ހޭދަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިދާރީ ހިންގުމުގެ ކަންކަމުގެ ހަދަދުތައް ވެސް ބޮޑުތަނުން މިދިޔަ މަހު ވަނީ ކުޑަކޮށްފަ އެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އިދާރީ ހިންގުމުގެ ކަންކަމަށް 1.02 ބިލިއަން ހަރަދުކުރި މިދިޔަ މަހު ހަރަދުކުރީ 690،3 ބިލިއަން ރުފިޔާ އެވެ.