އެއްވެސް ގައުމަކުން އެކަހެރި ސިޔާސަތެއް ނުގެންގުޅެން ނާޒިމް ގޮވާލައިފި

އެއްވެސް ގައުމަކުން އެކަހެރި ސިޔާސަތުތައް ނުގެންގުޅެން، ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންގެ އެޝިއާ ކޮންފެރެންސްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ޕާކިސްތާނުގައި ކުރިއަށްދާ ކޮންފަރެންސްގައި ތަގުރީރު ދެއްވަމުން ނާޒިމް ވިދާޅުވީ ޓްރާންސްނެޝަނަލް ކްރައިމްސް ނުވަތަ އެކި ގައުމުތަކުގައި ތިބޭ މީހުން ގުޅިގެން އިންތިޒާމުވެގެން ހިންގާ ކުށްތައް ވެސް ގިނަ ކަމަށެވެ.
ދޮގު މައުލޫމާތު އާންމުކުރުމާއި ޓެރަރިޒަމާއި ސަލާމަތީ ނުރައްކާތައް ގައުމުތަކަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ގައުމުތަކުން ސުލްހަ އިސްކޮށް ގުޅިގެން މަސައްކަތް ކުރުން އިތުރުކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއަދުގެ ދުނިޔޭގައި ސިޔާސީ، އިގުތިސޯދީ، އަދި އިޖުތިމާއީ ގޮންޖެހުންތަކަކީ ގައުމީ އިންތައް ފަހަނައަޅައި ބައިނަލްއަގުވާމީ ބަވަނަވެފައިވާ ދުނިޔެއާ ގުޅިލާމެހިފައިވާ މައްސަލަތަކެއް. މިފަދަ ހާލަތެއްގައި އެއްވެސް ގައުމަކުން އެކަހެރި ސިޔާސަތުތަކެއް ގެންގުޅުމަކީ އެކަށީގެންވާ ހައްލެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މިނިވަން މީޑިއާ ދަމަހައްޓައިގެން ހެޔޮ ވެރިކަމުގެ އަސާސްތައް ހިންގަން ބޭނުންވާ ހައްލުތައް ހޯދުމަށް ގާނޫނު ހަދާ މަޖިލިސްތަކަށް ، 17 އަދި 18ވަނަ މަޖިލީހުގައި ވެސް މަޖިލިސް ނައިބު ރައީސްކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
