ލާޒިމް ނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ ނަމަ ބަލައި ފާސްކުރަނީ
މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ހެލްމެޓް އެޅުން ކޮންމެހެން ލާޒިމްކޮށްފައިވާ ނޫން ތަންތަނުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ހުއްޓުވައި ފާސްކުރަން ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހެެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައ،ި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް
އަޅައިގެން ބައެއް މީހުން އުޅޭކަން ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެ ހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ގަވާއިދުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން
ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
އެގޮތުން އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުނ،ް ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
"މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ
ގޮތުން އަޅާ ފިޔަވަޅެކެވެ" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.