ޚަބަރު

ވިލިފުށީ ކެފޭއަކަށް ސިހުރި ހެދި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ވިލުފުށި މަތިން ނަގާފައިވާ ފޮޓޯއެއް ---

ތ. ވިލިފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެެފި އެވެ.

Ads by STELCO

ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް އެެއް ބަލަމުންދާ ކަމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފުލުހުން ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 66 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.

ސިހުރުގެ މައްސަލަތަކާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ހުސްވި މަހުގެ މެދު ތެރޭގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެ އަތޮޅު މީދޫ އާއި އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.

އެ ދެ ރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައިފާސްކުރިއިރު، ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!