ޕާކިސްތާނުގެ ރަވަލްޕިންޑީގައި ކޮލެޖް ދަރިވަރަކު މަރާލި މީހުން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ރަވަލްޕިންޑީގައި ކޮލެޖް ދަރިވަރަކު "އިއްޒަތުގެ" ނަމުގައި މަރާލި މީހުން ހައްޔަރުކޮށްފި އެވެ.
ރަވަލްފިންޑީގެ ސަދިގާބާދު އަވަށުގައި މިދިޔަ 12 ވަނަ ދުވަހުގެ ރޭގައި ހިނގި މި ހާދިސާގައި މަރާލާފައިވަނީ 20 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައިވާ ދަރިވަރަކީ ޒައިނަބް ބީބީ ނަމަކަށް ކިޔާ އަންހެން ކުއްޖެއް ކަމަށެވެ. އަދި އޭނާ މަރާލާފައިވަނީ އޭނާގެ ބޮޑުބޭބެ ކަމަށްވާ ޝަފީޤް އަހްމަދު އާއި އޭނާގެ ދެ ދަރިންކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކޮށް ތަހްގީގް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި މި މައްސަލައިގައި އިތުރު ތަފްސީލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އިއްޒަތުގެ" ނަމުގައި މީހުން މެރުމަކީ ޕާކިސްތާނުގައި އަދިވެސް ދިމާވަމުންދާ ބޮޑު މައްސަލައެކެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް މިފަދަ ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.
