ދީން

ޝެއިޚުންގެ އިރުޝާދު؛ ރޯދައިގެ ފޯކަސް ގެއްލޭ ގޮތަށް ކުޅިވަރުގެ ބޮޑެތި މުބާރާތްތައް ނުބާއްވާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝެއިޚް އާޒިމް ހާލިދު އަދި ޝެއިޚް އިބްރާހީމް، ދެންގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަނީ

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށާއި އެ މަހުގެ ފޯކަސް ގެއްލޭ ގޮތަށް ބޮޑެތި ކުޅިވަރު މުބާރާތްތައް  ނުބޭއްވުމަށް ޝެއިޚް އާޒިމް ހާލިދު އަދި ޝެއިޚް އިބްރާހީމް އިރުޝާދު ދީފި އެވެ.

"ދެން" އިން މި ރަމަޟާން މަހު ގެނެސްދޭ ހިދާޔަތް ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގެ މައުލޫއަކީ ރަމަޟާން މަހަށް ތައްޔާރުވުމެވެ.

އެ މައުލޫއަށް ވާހަކަ ދައްކަމުމް އާޒިމް ހާލިދުވަނީ އެއް ހިސާބުތަކުގައި ފަހު ދިހައަށް އެންމެ ބޮޑު މުބާރާތްތަކުގެ ފައިނަލް މެޗުތައް ރާވާކަން ފާހަގަކޮށް އެގޮތަށް އެކަން ނުކުރުމަށް އިރުޝާދު ދީފަ އެ.

އަދި އަޅުކަމުގައި އުޅޭ މަހަކަށް މި މަސް ހެދުމަށް ބާރުއެޅުމަށް އިލްތިމާސްކުރި އެވެ. މި ވާހަކަތަކަށް ބާރުދެމުން ވާހަކަ ދައްކަމުން އިބްރާހީމް ވިދާޅުވީ، ރަމަޟާން މަހު ފޫހި ފިލުވާލަން ކަމެއްކުރުމަކީ ގޯހެއް ނޫން ކަމަށާއި ނަމަވެސް ޖަމައީ ގޮތެއްގައި ބޮޑެތި މުުބާރާތްތައް ބާއްވައިގެން ރޯދަމަހުގެ ފޯކަސް ގެއްލުވާލުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރޯދަ މަހަށް ހާއްސަ ތަރާވީހް ނަމާދަށް ހުރަސް އެޅޭ ގޮތަށް ބައެއް މުބާރާތްތައް އޮންނަކަން ފާހަގަކުރަމުން އެކަން އެގޮތަށް ނުކުރުމަށް އިރުޝާދު ދިނެވެ.

"ޝައިތާނާގެ ބައި އަޅުގަނޑުމެން ކުރަންވެއްޖިއްޔާ ކީއްތޯ ވާނީ" ޝެއިޚް އިބްރާހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މި ޕޮޑްކާސްޓްގައި އިސްރާފް ކުރުމާއި ގުޅޭ ގޮތުންނާއި، ރަމަޟާންމަހު ދުރުވާންވީ ކަންކަމާ ގުޅޭ ގޮތުން ވަނީ ދެ ޝޭހުން ވާހަކަ ދެއްކި އެވެ.