މިފްކޯގެ ސީއީއޯއަކަށް ކުރީގެ ވައިސް ޗީފް ފަރުހަތު ޝަހީރު ހަމަޖައްސައިފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަންކޮށްފައި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފަރްހަތު އެ މަގާމަށް އައްޔަންކުރީ މިއަދު ކަމަށެވެ.
ސިފައިން ގޭގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވި ފަރުހަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފައިމިވަނީ އެ ކުންފުނީގެ ފުރަތަމަ ބޭރު ސީއީއޯ ޑރ. ވިޓާލީ ލުއިބިމޮވް ވަނީ އިއްޔެ މަގާމުން ވަކިކޮށްފަ އެވެ.
ވިޓާލީ ވަކިކުރީ މަގާމަށް އައްޔަންކުރިތާ ތިން މަސް ވެސް ނުވަނީސް އެވެ.