ޚަބަރު

14 ކިލޯގެ ޑްރަގާއެކު ފެނުނު ޒުވާން އަންހެން މީހާގެ ބަންދު އިތުރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މަރްޔަމް ޒީނާ / ފޮޓޯ:ފުލުހުން

ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކޮށް 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޒުވާން އަންހެން މީހާގެ ބަންދު އިތުރުކޮށްފި އެވެ.

Ads by MPL

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހުގަ އެވެ. ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) ގެ ބަންދު މުއްދަތު އިއްޔެއަށް ހަމަވެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.

އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބާވަތްތައް ވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގުނެވެ. އަމުރުގައި ބުނެފައިވާ ގޮތުން އެއީ 12.28 ކިލޯގެ މެތާއި 1.58 ކިލޯގެ ހެރޮއިނެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!