މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު (37އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 08 ވަނަ ދުވަހުގެ 16:51 ހާއިރު ކަމަށެވެ.
އޭނާގެ ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އިއްޔެ އާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.
ފުލުހުން ވަނީ ޝިހާދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.

Ads by Allied Insurance