ތޫނު ހަތިޔާރު ހިފައިގެން ކުދިންތަކެއް މާރާމާރީ ހިންގައިފި

ހުޅުމާލޭ ފޭސް ދޭއްގައި ކުޑަކުދިންތަކެއްގެ ދެމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިރޭ 10 ޖެހިހާއިރު ފޭސް ދޭއްގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ ދެމެދު ހިނގި މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާއެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު 4 ކުއްޖަކު ހިފެހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by Allied Insurance