ޚަބަރު

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަން: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ސަލާމަތީ ބާރުތަކުން މާލޭގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަސް ޖަހައިފި އެވެ.

Ads by MPL

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެރޭ ފުލުހުންނާއި ސިފައިން، މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ.

އެ ރޭ ދަންވަން ދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ގިނަ އަދަދެއްގެ ގެތަކާއި ވެހިކަލްތަކެއް ބަލައި ފާސްކުރި އެވެ. އެ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހަކު ގެންދިޔަ އެވެ.

އޮޕަރޭޝަންއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވާއިރު، ހައްޔަރުކުރި މީހުންގެ ވަނަވަރުވެސް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުން އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.

އޮޕަރޭޝަންއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ އޭގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށެވެ.

ފުލުހުންގެ އެކި މަސްދަރުތަކުން ނުރަސްމީކޮށް ޔަގީންވެފައިވާ ގޮތުގައި ހައްޔަރުކުރި މީހުންނަށް ތުުހުމަތު ކުރެވެނީ މާލޭގައި ހަމަލާއެއް ދޭންވެގެން އުޅުނު ކަމުގެ ތުހުމަތެވެ.

Ads by HDC