ޚަބަރު

މިސްކިތްތަކާއި މަރުކަޒުތަކުގެ 14 މަޝްރޫއެއް ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

11 މިސްކިތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ 2 ގޮފީގެ އިތުރުން އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީ އިން ބުނީ 11 މިސްކިތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ 2 ގޮފީގެ އިތުރުން އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. 

އޭގެތެރެއިން 11 މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. 3 މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. 

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ:

  • ލ. މާބައިދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން - ފެނަކަ
  • ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން  - ފެނަކަ
  • ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުން - ފެނަކަ
  • ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން  - ފެނަކަ
  • ސ. ފޭދޫ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން - ފެނަކަ
  • ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން - ފެނަކަ
  • ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން - ފެނަކަ
  • ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން - ފެނަކަ
  • ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް - ފެނަކަ
  • ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް - ފެނަކަ
  • ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް - ފެނަކަ
  • ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް - އެމްޓީސީސީ
  • ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް - އެމްޓީސީސީ
  • އ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް - އެމްޓީސީސީ