ވަޅިއަކާ އެކު ހައްޔަރުކުރުމުން ބުނީ ހަނދާން ނެތިގެން ޖީބަށް ލެވުނީ ކަމަށް

މާލޭ މަގު މަތިން ވަޅިއަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައި ބުނީ، މާލެތެރޭގައި މާރާމާރީ ހިންގުމަށް ބޭނުންކުރާ ވެހިކަލެއް ދުއްވާ މައުލޫމާތު ލިބިގެން ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ނުރައްކާތެރިކޮށް ސައިކަލު ދުއްވަމުން ދިޔަ މީހަކު ފުލުހުން ހުއްޓުވި ކަމަށެވެ.
އޭނާ ބަލައިފާސްކުރިއިރު އޭނާގެ އަތުން ވަޅިއެއް ފެނުނު ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
އޭނާ ބުނީ ގޭގައި ހުއްޓައި ރަހުމަތްތެެރިއަކު ގުޅައި ކުއްލިއަކަށް ކޮފީއަކަށް އަންނަން ބުނުމުން ހަނދާން ނެތިގެން ވަޅި ޖީބުގައި އޮވެ ބޭރަށް ދެވުނީ ކަމަށް
ކޯޓު އަމުރުގައި ބުނީ އޭނާ އަކީ އެ ބާވަތުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.
