މަދިރި ހެފުމުން ކަހާ،ހިރުވާ ފިތް ނެގުން: އަތްފޯރާ ފަށުގައި ހުންނަ މި އެއްޗެހިން ލުއިކަން ހޯދިދާނެ

މަދިރިއަކީ ބައެއް މީހުންނަށް ވަރަށް ބޮޑު ތުރާލާ ވޭންދޭ އެއްޗެކެވެ. މަދިރި ހެފުމުގެ ސަބަބުން ކެހުމާއި ، ހިރުވުމުގެ އިތުރުން ފިތް ނަގާ އެތަންތަން ފާރުވާ މީހުން ވެސް އުޅެއެވެ. ނަމަވެސް މިކަންކަމަކީ ވަރަށް ކުޑަކުޑަ ކަމަކުން ހައްލު ހޯދިދާނެ ކަންކަމެވެ.
ގޭގައި ، އަބަދު ވެސް އަތްފޯރާ ފަށުގައި ހުންނަ ބައެއް އެއްޗިހިން ކެހުމާއި ހިރުވުން ފިލުވާލެވިދާނެއެވެ.
އެލޯވެރާ:މިއިން ހަންގަނޑަށް ލިބޭ ފިނި ކަމާއި އަރާމު ކަމުގެ ސަބަބުން ކެހުންގަނޑު މަޑުވެގެން ދެއެވެ.
ދޮންކެޔޮ ތޮށި: ތޮށިގަނޑުގެ އެތެރެފުށް ކަހާތަނުގައި ހާކާލާށެވެ. ކެހުން ފިލައިގެން ދިޔުމަށް އެހީތެރި ވާނެއެވެ.
އައިސް ކިޔުބް: އައިސްކިޔުބު ކޮޅެއް މަޑު ފޮތިކޮޅަކަށް ލުމަށްފަހު ކަހާ ތަނެއްގައި ވިއްސަކަށް މިނެޓް ބާއްވާލާށެވެ. ކެހުން ފިލައިދާނެއެވެ. އަދި ފިތްގަނޑު ނަގާފައި ހުރި ނަމަވެސް ލުއި ލިބިގެން ދާނެއެވެ.
ލޮނު: މަދިރި ހެފި ދިމާ ފެންފޮދަކުން ތެތްމާލުމަށްފަހު އެދިމާލަށް ލޮނު ކޮޅެއް އަޅާލާށެވެ. އެގޮތުގައި އިރުކޮޅަކު ބަހައްޓާލާށެވެ.
ދަތް އުނގުޅާ ބޭސް: ބޮޑަށް އެދެވިގެން ވަނީ ޕެޕާމިންޓްގެ ދަތްއުނގުޅާ ބޭހެވެ. ދަތްއުނގުޅާ ބޭސްކޮޅެއް މަދިރި ހެފި ތަނުގައި އުގުޅާލާފައި އިރުކޮޅަކު ބަހައްޓާލާށެވެ.
މީގެ އިތުރުން ވެސް ބޭކިން ސޮޑާ އާއި ލުބޯ ހުތުގެ އިތުރުން އެޕަލް ސައިޑަރ ވިނިގަރއަކީ މަދިރި ހެފުމުން ކަހާ ، ހިރުވުން ނުވަތަ ފިތް ނަގާ މީހުންނަށް ހައްލު ހޯދައިދޭ ތަކެއްޗެވެ.