Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޮވިޑް19: އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ހަސްފަތާލުގައި އެޑްމިޓްކޮށްފި

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮރޯނާ ވައިރަހަށް ޓެސްޓުތައް ހެދުމަށްޓަކައި ހަސްފަތާލުގައި އެޑްމިޓުކޮށްފިއެވެ.

ބޮރިސް ގެ އޮފީހުން މީޑިއާއަށް މައުލޫމާތު ދެމުން ހާމަކޮށްފައިވާ ގޮތުގައި އޭނާހަސްފަތާލުގައި އެޑްމިޓުކޮށްފައިވަނީ އެމެޖެންސީއެއްގައި ނޫންކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.

އެ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ބޮޑު ވަޒީރު އެޑްމިޓުކޮށްފައިވަނީ ވައިރަހަށް ޓެސްޓުކުރި ފަހުން 10 ދުވަސް ވެފައިވާއިރު ވެސް މެދުނުކެނޑި ބަލީގެ އަލާމާތްތައް ފެނުމާއެކު ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ މަތިން އިތުރު ޓެސްޓުތައް ހެދުމަށްޓަކައެވެ.

Advertisement
Allied Insurance — Square (box)

ބޮރިސް ޖޯންސަން ވައިރަހަށް ޕޮސިޓިވްވެފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ބޮރިސް އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ ވައިރަހަށް ޕޮސިޓިވް ވި ލީޑަރެވެ. ވައިރަހަށް ޕޮސިޓިވް ވުމާއެކު ބޮރިސް ވަނީ އޭނާގެ ފްލެޓުގައި އެކަހެރިވެފައެވެ.

ވައިރަހަށް ޕޮސިޓިވްވެ ސެލްފް އައިސޮލޭޝަން ގައި ހުރި ނަމަވެސް ބޮރިސްވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޔޫކޭގެ ކޮވިޑް19 އާއި ބެހޭ ކޮމިޓީ ގެ ބައްދަލުވުންތައް ޗެއާ ކޮށްފައެވެ.

މިހާތަނަށް ޔޫކޭގައި 47,806 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 4,934 މީހުންވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް