ޚަބަރު

ފަތުރުވެރިން އައި އަދަދު ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ %5 އިތުރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރޫޒްލައިނާއަކުން އައި ފަތުރުވެރިންތަކެއް ރަސްމީ ފާލަމުގައި / ފޮޓޯ:ދެން އިމޭޖްސް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ފަތުރުވެރިން އައި އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ފަސް ޕަސެންޓް އިތުރުވެއްޖެ އެވެ.

Ads by STELCO

ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި 647،677 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި އައީ 615،415 ފަތުރުވެރިންނެވެ.

2023 ވަނަ އަހަރު އައީ 538،172 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރު މި މުއްދަތުގައި އައީ 441،434 ފަތުރުވެރިންނެވެ.

އެހެންކަމުން މިއީ މިދިޔަ ތިން އަހަރަށް ވުރެ ވެސް މަތީ އަދަދެކެވެ. އަދި ކޮވިޑް-19އަށް ފަހު ައަހަރަކަށް ފަހު އަހަރެއް ފުރަތަމަ ކުއާޓަރުގައި ރާއްުޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދަނީ އިތުރުވަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން މިހާތަނަށް އައިސްފައިވަނީ ޗައިނާ އިން އެވެ.

އެގޮތުން ޗައިނާއިން 75،135 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 11.6 ޕަސެންޓް އެވެ.

ދެވަނައިގައި 10.6 ޕަސެންޓްއާއެކު އޮތީ ރަޝިއާ މާކެޓެވެ. އެއީ 68،375 ފަތުރުވެރިން ނެވެ.

އިންޑިއާ މާކެޓް އަދިވެސް ދަށުގައި އޮތް އިރު މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 32،702 ފަތުރުވެރިން ނެވެ.

މި އަހަރު 2.2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާއިފަ އެވެ.

Ads by Ooredoo