ދުނިޔެ

އިންޑިއާގައި ހައްޖަށް ދާ މީހުން މަޑުކުރާ އިމާރާތް ކަރަންޓީނަށް ބޭނުން ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ހައްޖަށް ފުރުމަަށް ޓަކައި އިންޑިއާގެ އެކި ހިސާބުތަކުން އަަންނަ މީހުން މަޑުކޮށްލުމަށް ހަދާފައި ހުންނަ އިމާރާތްތަކުގައި ކަރަންޓީނު ފެސިލިޓީތަކެއް ގާއިމްކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އެކި ހިސާބުތަކުގައި މިފަދަ 16 އިމާރާތް ހުރިއިރު މި އިމާރާތްތަކުގައި 21،000 މީހުންގެ ޖާގަ އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ހައްޖު ކޮމިޓީ ސީއީއޯ އެމް އޭ ޚާން ބުނެފައިވާ ގޮތުގައި މުންބާއީ އާއި ހައިދުރައާބާދުގައި ހުންނަ މިފަދަ އިމާރާތް ނޫން ހުރިހާ އިމާރާތެއް ވަނީ ކޮވިޑް19 ގެ ބޭނުމަށް އިންޑިއާގެ ސަރުކާރާއި ހަވާލުކުރެވިފައެވެ. އަދި މުންބާއީ އާއި ހަައިދްރަބާދުގައި ހުރި އިމާރާތް ހަވާލު ނުކުރެވިވަނީ އެ ދެއިމާރާތުގައި އެ ކޮމިޓީގެ މުވައްޒަފުން ދިރިއުޅެމުން އަންނާތީ ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަަޅުކަން މިއަހަރު ކެންސަލް ވެދާނެކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ. އެގޮތުން ބައެއް ރިޕޯޓުތަކުން ބުނެފައިވަނީ ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން، މިއަހަރުގެ ޙައްޖުގެ އަޅުކަން ނުބާއްވާ ، ކެންސަލް ކޮށްލުމާއިމެދު ސައުދީ ސަރުކާރުން ،ދީނީ ޢިލްމުވެރިންނާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޖުމްލަ 4,778 ކޭސްވަނީ އިންޑިއާއިން ރިޕޯޓުކޮށްފައެވެ. އަދި އިންޑިއާގައި 136 މީހަކުވަނީ ބަލިޖެހިގެން މަރުވެފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1,329,825 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 73,839 އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!