ދުނިޔެ

އަނބިމީހާ މަރާލާ ، އަމިއްލައަށް މަރުވީ ކޮވިޑް19 ޖެހިފައިވާ ކަމުގެ ކުށްހީގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހިފައި ހުރިކަމަށް ހީކޮށް އެމެރިކާ މީހަކު އޭނާގެ އަންހެނުން މަރާލައި އަމިއްލައަށް މަރުވެއްޖެއެވެ.

Ads by WAMCO

އެމެރިކާގެ ޗިކާގޯ އަށް ނިސްބަތްވާ 54 އަހަރުގެ ޕްޓްރިކް ޖެސާސިން އޭނާ އާއި އޭނާގެ 59 އަހަރުގެ އަންހެނުން ޗެރީލް ޝްރީފާ މަރާލައިފައިވަނީ ބަޑިޖަހައިގެންނެވެ.

މި ދެމީހުން މަރުވި ކަން ހާމަވެފައިވަނީ އެމީހުންގެ އަވައްޓެރިއަކު ވަނީ އެދެމީހުންގެ ހަބަރެއް ނުވެގެން ޕޮލިހަށް ރިޕޯޓުކުރުމުންނެވެ. އަވައްޓެރިޔާ ބުނެފައިވާ ގޮތުގައި އޭނާ އެދެމީހުންގެ ހަބަރެއް ބަަލަން ދިޔައީ އެ މީހުންގެ އާއިލާގެ މީހަކު އެ ދެމީހުންގެ ހަބަރެއް ނުވެގެން އެކަން ބަލައިދިނުމަށް އެދުމުން ކަމަށެވެ.

ޕޮލިހުން އެގެއަށް ދިޔައިރު އެގޭގެ ހުރިހާ ދޮރެއް ހުރީ ތަޅުލާފައި ކަމަށާއި ގޭތެރެ ހުޅުވައިގެން ބެލިއިރު ގޭތެރެ އޮތީވެސް ރީތިކޮށް ކަމަށް ރިޕޯޓުތައް ބުނެފައިވެއެެވެ. އަދި ދެމީހުން މަރުވެފައި އޮތީ ދެ ކޮޓަރިއެއްގައި ކަމަށް ވެސް ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.

އެ ދެމީހުން މަރުވިއިރު ވައިރަހަށް ޓެސްޓު ހަދައިފައިވާ ކަން ކަށަވަރުވާ ތަކެތި ފެނިފައިވެއެވެ. އަދި އެ ދެމީހުން މަރުވިއިރު ނަތީޖާ ނުލިބޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދެމީހުންގެ އޮޓޮޕްސީ ހަދައި ބެލި ބެލުމުން ދެމީހުން ވެސް ވަނީ ވައިރަހަށް ނައްސިވެފައެވެ. އަދި އަނބިމީހާ މަރާލާފައިވަނީ ފިރިމީހާ ކަމަށާއި ފިރިމީހާ މަރުވީ އަމިއްލައަށް ކަމަށް ވެސް ފުލުހުންގެ ތަހުގީގުން އެނގިފައިވެއެވެ.

މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުންދަނީ އެމެރިކާގައެވެ. އެމެރިކާގައި ކޮރޯނާ ވައިރަހުގެ ޖުމްލަ 356,414 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އަދި 10,490 މީހަކުވަނީ ބަލިޖެހިގެން މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!