ޚަބަރު

ފްރެސް ފްރީޑަމްގައި ރާއްޖޭގެ ދަރަޖަ މަތިކުރަން ބޭނުން، އެކަން ކުރަން ނިޒާމް ޑިޖިޓަލައިޒްކުރަން ޖެހޭ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި  ރައީސް މުއިއްޒު

ޕްރެސް ފްރީޑަމްގައި ރާއްޖޭގެ ދަރަޖަ މަތިކުރަން ބޭނުންވާ ކަމަށާއި އެކަން ކުރަން ނިޒާމް ޑިޖިޓަލައިޒް ކުރަން ޖެހޭ  ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ރައީސް މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ހިދުމަތުގެ  ނިޒާާމް ރަނގަޅުކުރެވި ކޮރަޕްޝަންގެ ވަބާއިން ދުރުކުރެވި އަވަސް ކުރެވި ދެފުށް ފެންނަ ވަރަަކަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ކަންކަމުގައި ނަތީޖާ ހާސިލުކުރެވޭ މިންވަރު އަވަސްވެގެންދާނެ ކަމަށެވެ. އަދި މައުލޫމާތު ހޯދުމުގައި ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެެވެ.

ޑިޖިޓަލައިޒޭޝަންގައި ރައީސް މުއިއްޒު މިސާލަކަށް ބައްލަވާ އެސްޓޯނިއާއަކީ މުޅި ދުނިޔޭގައި ވެސް ޕްރެސް ފްރީޑަމްގައި ދެވަނައަށް އޮތް ގައުމު ކަން އެމަނިކުފާނު ވިދާޅުވީ އެއީ އިއްތިފާގެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުން ދިވެހި ރާއްޖެވެސް އެތައް ދަރަޖަައެއް ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން. މައުލޫމާތު ހިއްސާކުރުމުގައާއި މައުލޫމާތު ލިބިދިނުމުގައާއި ޕްރެސް ފްރީޑަމްގައި އެތައް ގުނައެއް ރަނގަޅުކުރަން މަތިކުރަން ބޭނުން އަޅުގަނޑު. އެކަން ކުރުމުގައި ވެސް މި ނިޒާމް ޑިޖިޓަލައިޒް ކުރުމަކީ ހަމަ ގުޅި ލާމެހިފައި އޮތް ކަމެއް. ދެކަންތައް ވަކި ނުކުރެވޭ ކަމެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ވަރަަށް ބޮޑަށް ހުޅުވިފައިވާ މައުލޫމާތު ފަސޭހައިން ލިބޭ ޒިންމާދާރުކަމާއެކު ހިދުމަތް ދޭ ވަރަށް އަވަސް މިނުގައި ހިދުމަތްދޭ ގައުމަކަށް ހަދަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕްރެސް ފްރީޑަމްގައި ރާއްޖޭގެ ދަރަޖަ މަތިކުރަން ބޭނުންވާކަން ރައީސް ހާމަ ކުރެއްވި އިރު ޕްރެސް ފްރީޑަމްގައި ރާއްޖެ މި އަހަރު އޮތީ 104 ވަނައިގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެކެވެ.

Ads by Ooredoo