ޚަބަރު

ހަލާލް ޓޫރިޒަމްއަށް ހުޅުވާލީ ފަސް އަތޮޅުން ހަ ތަނެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް - ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ހަލާލު ޓޫރިޒަމް މޮޑެލްއަށް ފަސް އަތޮޅަކުން ހަ ތަނެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

Ads by MPL

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގަައި އެކަމަށް ބީލަމަށް ހުޅުވާލީ ހއ., ހދ., ށ., ތ., ލ. އަތޮޅުގައި ހިމެނޭ ރަށްތަކާއި ފިނޮޅާއި ފަޅުތަކެވެ.

އޭގެ ތެރޭގަައި ހިމެނެނީ

  • ހއ. ބީނާފުށި އަދި ކަނޑާލި ފިނޮޅު
  • ހދ. މަކުނުދޫ ފަރު 1
  • ށ. ފުށިފަރު
  • ތ. މާގުޅި
  • ލ. ފޮނަގާދޫ

އެ ކަމަށް ބީލަން ހުށަހަޅަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

ހަލާލް މޮޑެލްއަށް އެ ތަންތަން ތަރައްގީކުރަން އިންވެސްޓަރުންނަަށް ހާއްސަ ލުއިތަކެއްވެސް ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި

  • ލީސް އެކުޒިޝަން ކޮސްޓްއިން އިތުރު 20 ޕަސެންޓް ދަށްކުރުން.
  • ރިސޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދައްކާގޮތަށް ހަމަޖެއްސުން.
  • ރިޒޯޓް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފްކޮށްދިނުން.

Ads by HDC