ޚަބަރު

މިލަންދޫ ސްޓޭޝަންގެ ފުލުހުންތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފުލުހުންތަކެއްގެ އެކަައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ބަލަން ފަށައިފި އެވެ.

Ads by STELCO

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަކަށް ކަމަށެވެ.

އެހެންވެ އެ ފުލުހުންތައް މާލެ ގެނެސް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްސްއިން މައްސަލަ ތަހުގީގުކުރަން މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ޖަމާކޮށްގެން އުޅެނީ ކިހާ ފައިސާއެއްކަމާއި އެ މައްސަލައިގައި ޝާމިލުވަނީ ކިހާ ފުލުހުންނެއް ކަަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

Ads by HDC