ޚަބަރު

އެއާޕޯޓުގެ ޓެކްސީ ކިއުއާއި ކާރު މަޑުކުރާ ތަނަށް ބަދަލު ގެނެސްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެއާޕޯޓް ޓެކްސީ ކިއު - ފޮޓޯ: ސަން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން އެއާޕޯޓުގެ ކާރު ކިއުއަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑު ކުރަން ޖެހޭ ތަނަށް ބަދަލުތަކެއް ގެނެސްފި އެވެ.

Ads by STELCO

އެމްއޭސީއެލް އިން ބުނީ މި ބަދަލު ގެންނަން ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.

މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރާނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދަށެވެ.

އަދި ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެތަނުގައި ކިއު ބެލެހެއްޓުމުގެ ކަންކަން މި ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ވީއައިއޭއަށް އަންނަ އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަނި ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

Ads by Ooredoo