ޚަބަރު

ލަންކާގެ ރައީސް ގަހެއް އިންދަވައި ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަންކާގެ ރައީސް ސަލްޓަންޕާކުގައި ގަހެއް އިންދަވައިދެއްވުމަށް ފަހު--

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެޑައިގެންފި އެވެ.

Ads by STELCO

މި ސަރުކާރުން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ޑިސެނާޔަކަ ސަލްޓަންޕާކުގައި އިންދަވައިދެއްވީ މޫނިމާ ގަހެކެވެ.

އެ ހަރަކާތަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގަސް އިންދިމުގެ ހަރަކާތުގައި ޑިސަނާޔަކެ އަރިހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ގަހެއް އިންދަވައިދެއްވައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!