ޚަބަރު

ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު ދޯންޏެއް ފުންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލެއިން ފުރައިގެން ސިކްސް އެންޑް ސިކްސް ދޮންމާގަ މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް އެ ރިސޯޓު ކައިރިން ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު "ގަސްކުރި" ދޯނި ފުންކޮށްފި އެވެ.

ތިން މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ އެ 70 ފޫޓްގެ މި ދޯނި ފަރަށް އެރީ ހިލައާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފްއިން ބުނީ އެމ ދޯނި އެ ފަރަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލެއޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށެވެ.

އެ ހާދިސާގައި ފަރަށް އެރި ދޯނިން ބޮޑު ތަނެއް ފަޅައިގެން ގޮސް، ދޯނީގެ ބޮޑު ބައެއް އޮތީ  ފެނުއަޑީގައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އިތުރަށް ބެލުމަށް ފަހު، ސެލްވޭޖް މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި، ތާނގީ ފީފާ ޖަހައި ކުރި މަސައްކަތުން މިއަދު 16:05ހާ އިރު ދޯނި ވަނީ ފުންކޮށްފައިވާ ކަމަށާއި އަދި މިހާރު އުޅަނދެއްގައި ޓޯވްކޮށްގެން ދޯނި ތިލަފުށްޓަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

Ads by Allied Insurance